މިރަމަޟާން މަހު ރޯދަ ހިފައިފިނަމަ، ޗައިނާގެ މުސްލިމުންނަށް އަދަބު ދެނީ!

ޗައިނާ ވެފައިމިވަނީ މުސްލިމުންނާއި ވަރަށް ދެކޮޅު ޤައުމެއްގެ ގޮތުގައެވެ. ކުރިން އެޤައުމުގެ ސަރުކާރުން ވަނީ މުސްލިމު ނަންތައް ކަމުގައިވާ މުޙައްމަދު، އަބޫބަކުރު، އުމަރު އަދި އާއިޝާ ފަދަ ނަންތައް ޗައިނާގައި ބޭނުން ކުރުން މަނާ ކޮށްފައެވެ.

އެއަށްފަހު ޗައިނާ ސަރުކާރުން ފެށީ އެޤައުމުގައި ހުރި މިސްކިތްތައް ތަޅާލާށެވެ. އެގޮތުން 5000 އެއްހާ މިސްކިތް އެމީހުން ތަޅާލިކަމަށް، ރިކޯޑު ކުރެވިފައިވެއެވެ. ޗައިނާގެ އުހީގަޔަރ މުސްލިމުންނަށް ތާރޑް ޑިގްރީ އަދަު ދިިނުމަށްފަހު، މިހާރު އެޤައުމުގެ ސަރުކާރުން މިވަނީ އެޤައުމުގެ މުސްލިމުން، މިފެށޭ ރަމަޟާންމަހު ރޯދަ ހިފުން މަނާ ކޮށްފައެވެ.

ޗައިނާގެ މުސްލިމުން ރަމަޟާން މަހު ރޯދަ ހިފުން މަނާ ކުރުމުން، އެމީހުން ވަނީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް މުޅި ދުނިޔެއަށާއި އދ. އަށް ވެސް ގޮވާލާފައެވެ. އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދިނުމުން ވެސް އދ. ހަނުހުރި ކަމަށާއި ސީރިއަ އާއި އިދްލިބް އަދި ޔަމަންގެ މުސްލިމުންނަށް ވެސް ހަމަލާތައް ދިން އިރު ހަނުހުރި ކަމަށާއި މިހާރު ޗައިނާގެ މުސްލިމުންނަށް މިފަދަ ގޯނާތައް ކުރަމުންދާއިރު ވެސް ތިބީ ހަނު ކަމަށް އެމީހުން ބުނެފައިވެއެވެ.

ރަމަޟާން މަހު ރޯދަ ހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައިވާ އަޅުކަމަކަށްވާއިރު، އެޙައްޤު ނިގުޅައި ނުގަތުމަށް ޗައިނާގެ މުސްލިމުން ދަނީ އަދޭސް ކުރަމުންނެވެ.

މީގެކުރިން ވެސް ޗައިނާ ސަރުކާރުން ވަނީ އެޤައުމުގެ މުސްލިމުން ރަމަޟާންމަހު ރޯދަ ހިފުން މަނާކޮށް، ރޯދަ ހިފައިފިނަމަ އަދަދުވެސް ދީފައެވެ. މިފަހަރުވެސް އެފަދަ އިންޒާރެއް ދީފައިވުމުން އެޤައުމުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ގްރޫޕަކުންނާއި މުސްލިމް އޮގަނައިޒޭޝަން ތަކަކުން ވަނީ އެމެރިކާގައި ދިރިއުޅޭ މުސްލިމުންނާއި ގުޅިގެން ކެމްޕޭނެއް ފަށާފައެވެ. މިކެމްޕޭނުގައި އެމީހުން އެމެރިކާގެ މުސްލިމުންނަށް ގޮވާލާފައިވަނީ، ޗައިނާއިން އުފައްދާފައިވާ އެއްވެސް ބޭނުން ނުކުރުމަށާއި ނުގަތުމަށެވެ. އަދި ޗައިނާގެ ހުރިހާ އުފެއްދުމެއް ވެސް ބޯއިކޮޓް ކުރުމަށެވެ.

ޗައިނާގައި ރަމަޟާންމަހު ރޯދަ ހިފުން މަނާ ކުރުމަށް އެޤައުމުގެ ސަރުކާރުން ވަނީ، މުސްލިމުން ހިންގާ ރެސްޓޯރަންޓްތައް ވެސް ދުވާލު ގަޑީގައި ބަންދު ނުކުރުމަށް އަންގާފައެވެ. އަދި އޮފީސްތަކާއި ސްކޫލްތަކުގައި އުޅޭ ދަރިވަރުން، އިރުއޮއްސޭ ގަޑިގައި ވެސް ގެއަށް ނުފޮނުވާ ބައިތިއްބަން އަމުރު ކުރުމުގެ އިތުރުން، ރަމަޟާންމަހުގެ ދުވާލު ގަޑީގައި، މުސްލިމުންނަށް ކެއުމަކަށް ދައުވަތު ދިނުމަށާއި ހާޒިރުވަނީ ކޮން ބައެއްތޯ ބެލުމަށް ވެސް ޗައިނާ ސަރުކާރުން އަމުރު ކޮށްފައިވެއެވެ.


0% އުފާވި
0% ދެރަވި
100% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)