ދުވަހަކުވެސް ސްކޫލަކަށް ނުދޭ، ނަމަވެސް އަންނަ އަހަރު 10 ގެ އިމްތިހާނު ސައިފާ ހަދާނެ

ދެކުނު ބެންގާލްގެ ހައުރާ އަށް ނިސްބަތްވާ އުމުރުން އެންމެ 12 އަހަރުގެ ސައިފާ ޚާތޫން އަންނަ އަހަރު ގްރޭޑް 10 ގެ އިމްތިހާން ހެދުމަށް ތައްޔާރުވަމުންދާ ޚަބަރަކީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. 

އެހާ ޅައުމުރުގައި ސާނަވީ އިމްތިހާނަށް ތައްޔާރުވުމުގެ އިތުރުން، ސައިފާ އަދި ދުވަހަކު ވެސް ތައުލީމް ހާސިލް ކުރަން ސްކޫލަކަށް ނުދެއެވެ. އެހެންކަމުން މިކަމާއިމެދު ގިނަ ބަޔަކުވަނީ ވަރަށް ހައިރާންވެފައެވެ.

ބެންގާލީ ނޫހަކުން ހާމަވާ ގޮތުގައި ހައުރާގެ ހައިސްކޫލެއްގެ އިމްތިހާނުގައި ސައިފާ ބައިވެރިވަނީ އަމިއްލަ ގޮތުންނެވެ.

ސައިފާއަށް ސްކޫލަކަށް ނުދެވުނީ، އޭނާ އަބަދުވެސް އޭނާގެ އުމުރުންގެ ކުދިންނަށްވުރެ ކިޔެވުމަށް މޮޅުކަމުންނެވެ. އެކުދިންނަށްވުރެ ސައިފާ މާ ހިތްއައްޔެވެ. އެހެންކަމުން މަތީ ގްރޭޑް އަކަށް ވަދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އުމުރުފުރާ ދިމާނުވާތީ އެކަން ވެސް ކާމިޔާބެއް ނުވިއެވެ. 


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)