މާބަނޑު އަނބިމީހާ އުފަލުުގައި ބެހެއްޓުން ވަރަށް މުހިންމު!

އަނބިމީހާ ބަލިވެ އިނުމުން އޭނާއަށް ވަރަށް ބޮޑަށް އަޅާލަން ޖެހޭނެ ކަމާއި އުފަލުގައި ބަހައްޓަން ޖެހޭނެކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އިނގެއެވެ.

މާބަނޑު ދުވަސްވަރަކީ ހަމަ ޔަޤީނުންވެސް އަންހެނާގެ ޙަޔާތުގައި އަންނަ ވަރަށް އުފާވެރި އަދި އެހާމެ ތަފާތު ތަޖުރިބާ ތަކެއް ކުރިމަތިވާ ދުވަސް ވަރެކެވެ. ބަލިވެ އިންނަ ދުވަސްވަރުގައި އަވަސް އަވަހަށް ރުޅި އައުމާއި، އެކި ކަހަލަ އެއްޗެހި ކާހިތްވުން، ނުވަތަ ބޯއަނބުރާ ހޮޑުލެވުންފަދަ ސިއްޙީ އެތައް އުނދަގޫ ތަކަކާއި ވެސް ކުރިމަތިލާން ޖެހެއެވެ. މިފަދަ ހުރިހާ ކަމެއްގައި ވެސް އަނބިމީހާ ގާތުގައި ހުރުމާއި އަނބިމީހާ އުފާ ވާނެ ފަދަ ކަންތައް ކޮށްދިނުމަކީ އެކަމުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ވެސް ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެ ކަމެކެވެ.

މާބަނޑު އަނބިމީހާ އުފާ ކޮށްދޭން ކުރެވިދާނެ ބައެއް ކަންތައްތައް:

ޑޮކްޓަރަށް ދައްކަން ދާއިރު އެއްކޮށް ދިޔުން

ކުރިންވެސް ބުނި ފަދައިން، ބަލިވެ އިނުމަކީ އެހާ ފަސޭޙަ ކަމެއް ނޫނެވެ. އެއީ ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވާ ކަމެކެވެ. ބަލިވެ އިނުމުން ޤަވައިދުން ކުރަން ޖެހޭނެ ވަރަށް ގިނަ ކަންތައް ވެސް ހުރެއެވެ. އޭގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ ޤަވައިދުން ޑޮކްޓަރަށް ދެއްކުމެވެ. ޑޮކްޓަރަށް ދައްކަންދާ ކޮންމެ ފަހަރަކު އަނބިމީހާ އާއި އެއްކޮށް ދިޔުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އަދި މިގޮތަށް ކަންތައް ކުރުމުން އަނބިމީހާ އާއި ބަނޑުގައިވާ ދަރިފުޅުގެ ޙާލު ފިރިމީހާ އަށް ވެސް ރަނގަޅަށް އެނގޭނެ އެވެ.

"މޫޑް ސްވިންގްސް" އަށް ކެތްތެރިވުން

މާބަނޑު ދުވަސް ވަރަކީ އަނބިމީހާގެ މޫޑު ހަމަ ކުއްލި ކުއްލި އަށް ވަރަށް ފަސޭހައިން ބަދަލުވާނެ ދުވަސްކޮޅެކެވެ. ހަމަ ހުރެފައި އެއްޗެއް ކާ ހިތް ވެދާނެ އެވެ. ނުވަތަ ރުޅި އައިސްފާނެ އެވެ. އަދި ބައެއް ފަހަރު ވާގޮތެއް ނޭނގި ވަރަށް ފަސޭހައިން ދެރަވާ ގޮތް ވެސް މެދުވެރިވެއެވެ. އަނބިމީހާ އަށް މިފަދަ ކަންތައް ދިމާވުމުން ފިރިމީހާ ކެތްތެރިވުމަކީ މާބަނޑު އަނބިމީހާ ވަރަށް އުފާވާނެ ކަމެކެވެ. އަދި އޭނާ އަށް ވެވޭ ވަރަށް ބޮޑު އެހީއެކެވެ.  އެއްޗެއް ކާހިތްވެފައިވާ ނަމަ ތިމާގެ މާބަނޑު އަނބިމީހާ އަށް އެ އެއްޗެއް ހޯދާ ދޭށެވެ. ކުއްލިއަކަށް އަނބިމީހާ ރުޅިއައިސްފި ނަމަ އޭނާއާއި އެކު ފިރިމީހާ ރުޅިނައިސް، އެގޮތަށް ރުޅި އައުމަކީ މައްސަލައެއް ނޫންކަން ވިސްނާދީ ވީހާވެސް މަޑުމައިތިރިކޮށް އަނބިމީހާ އާއި މުހާތަބު ކުރާށެވެ. އަދި ދެރަވެއްޖެ ނަމަ، ފިރިމީހާ ހުރީ އަނބިމީހާ ގާތުގައި ކަމާއި ހުރިހާ ކަމެއްވެސް ރަނގަޅުވެ ލިބެން އުޅޭ ބޮޑު އުފާވެރި ކަމުގެ މަތިން އަނބިމީހާ އަށް ހަނދާން ކޮށްދޭށެވެ.

ގޭތެރޭގެ ކަންތައްތައް ކުރުމުގައި އެހީތެރިވެ ދިނުން

ގިނަ އަންހެނުންނަކީ އަބަދުވެސް ގޭތެރޭގެ އެކިއެކި މަސައްކަތްތަށް ކުރުމުގައި އަބަދުމެ ބިޒީ ވެފައިވާ ބައެކެވެ. ތިމާގެ އަނބިމީހާ އަށް ގޭތެރޭގެ މަސައްކަތްތަކުގައި އަތް ގާތް ކޮށްދިނުމަކީ ސުންނަތަކަށްވާ އިރު ޚާއްސަކޮށް މާބަނޑު ދުވަސްކޮޅު އަނބިމީހާ އަށް އެހީތެރިވެދިނުމަކީ އޭނާ ވަރަށް އުފާވާނެ ކަމެކެވެ. އެގޮތުން ކައި ނިމިގެން ތައްޓެއް ދޮވެލުން ނުވަތަ ގޭތެރެ ކުނިކަހާލަ ދިނުންފަދަ ކަންތައްތަކަކީ ފިރިމީހާ ކޮށްދިނުމުން އަނބިމީހާ ވަރަށް އުފާވާނެ ކަންކަމެވެ. އަދި އެއީ ތިމާގެ މާބަނޑު އަނބިމީހާ އަރާމު ކޮށްލަންވެސް ދެވޭ ރަނގަޅު ފުރުސަތެކެވެ. އެފަދަ ކުދިކުދި މަސައްކަތްތަށް ފިރިމީހާ ވެސް ކޮށްލުމަކީ މައްސަލައެއް ނޫނެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)