ޝިނޭޑް އެއް ނޫން ޝުހާދާ - މުސްލިމަކަށް ވީތީ ފަޚުރުވެރިވަން

އަޔަލޭންޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިނޭޑް އޯކޮނަރ އިސްލާމްވެ، އޭނާގެ ނަންވެސް ބަދަލު ކޮށްފިއެވެ. ޝިނޭޑް ގެ ނަމުން ކުރިން މަޝްހޫރު ވިޔަސް މިހާރު އޭނާއަކީ ޝުހާދާ ޑާވިޓު އެވެ. އޭގެ ކުރިން އޭނާއަށް މެގްޑާ އޭވެސް ކިޔުނެވެ.

ޓްވިޓާ މެދުވެރިކޮށް މިދިޔަ ހަފްތާގައި ޝުހާދާ ބުނެފައިވަނީ މުޅި އުމުރަށްޓަކައި ކްރިސްޓިއަން ދީނާއި ޗާރޗްތަކަށް ވަނުން އޭނާ ދޫކޮށްލައިފި ކަމަށެވެ. މީގެ ކުރިން އެއްދުވަސްކޮޅެއްގައި އޭނާ އުޅުނީ ފާދިރީ އެއްހެން ހެދުން އަޅައިގެން ފައްޅިތަކުގައި މަސައްކަތް ކުރާށެވެ.

"އަހަރެން އިސްލާމްދީން ޤަބޫލު ކޮށްފިންކަން ފަޚުރުވެރިކަމާއެކު އިއުލާން ކުރަން. މިއީ ވިސްނުންތެރިކަމާއެކު ދީން ތަކާއި ގުޅޭގޮތުން ކިޔަވައިފި ކޮންމެ މީހެއް ވެސް ނިންމާނެ ނިންމުމެއް. އަހަންނަށް ވެސް ތެދުމަގު ލިބުނީ މިކަމާ ގުޅޭގޮތުން ކިޔެވީމަ. ހުރިހާ ފޮތްތަކެއް ވެސް މަގު ދެއްކީ އިސްލާމް ދީނަށް. ނަތީޖާއެއްގެ ގޮތުން އެހެން ފަތްފުއްތަކުގެ ބޭނުން މިހާރު ވަނީ ކެނޑިފަ. މިހާހިސާބުން އަހަންނަށް އައު ނަމެއް ލިބޭނެ. އެއީ ޝުހާދާ" އޭނާ އިސްލާމްދީން ޤަބޫލުކޮށްފިކަން އިއުލާނު ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

އޭނާގެ އެންމެ ގާތް އެކުވެރިޔާ އޭނާއަށް ހިޖާބެއް (ބުރުގާއެއް) ގެނެސް ދިން ކަމަށާއި ހިޖާބު އަޅައިގެން ހުއްޓާ އެކުވެރިޔާއަށް ފެނުމުން އެއެކުވެރިޔާ އަށްވެސް ވަރަށް ރީތިވި ކަމަށް ޝުހާދާ ބުންޏެވެ.

ޝުހާދާ އިސްލާމްވެ، ފުރިހަމަ މުސްލިމަކަށްވުމަށްޓަކައި މަސައްކަތް ކުރަމުންދާއިރު، ބަޔަކު މިހާރުވެސް ދަނީ އެކަން އޭނާއަށް ދަތިކުރަމުންނެވެ. އެގޮތުން ޓްވިޓާގައި "ޝުހާދާ ޑޭވިޓް" ގެ ނަމުގައި ވަގު އެކައުންޓެއް ހުޅުވާ، ޝުހާދާގެ ކުރީގެ ފޮޓޯތަކެއް ވަނީ ޕޯސްޓު ކޮށްފައެވެ.އ އަދި ހަރާމް ކަންތައްތައް ކުރަން ޝުހާދާ އުޅޭކަންް ދެއްކުމަށްޓަކައި އޭނާއަށް ވެގެން ޕޯސްޓުތަކެއް ވެސް ކޮށްފައިވެއެވެ.


100% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)