ރެސިޕީ - ބިސްކޯދު ޕުޑިން

ބޭނުންވާނެ ތަކެތި:

 

  • 5 ބިސް

  • 1 ޖޯޑު ނެސްލޭ ކްރީމް (ބޭނުންނަމަ ގެރިކިރު ވެސް ބޭނުން ކުރެވިދާނެ)

  • 1 ޑާކް ޗޮކްލެޓް (ކުކިންގ ޗޮކްލެޓް ވެސް ބޭނުން ކުރެވިދާނެ)

  • 1 ބޮނޑި މާރީ ބިސްކޯދު

  • ފުލް ކްރީމް މިލްކް (ކިރު)

  • 150ގ އަންސޯލްޓެޑް ބަޓަރ

  • 1 ޖޯޑު ވިޕިނގ ކްރީމް

  • ކެޝޫ ނަޓް

 

ތައްޔާރު ކުރާނެ ގޮތް:

 

  • އެންމެފުރަތަމަ ތައްޓަކަށް ފަސް ބިސް ތުއްވާލުމަށްފަހު އޭގެ ތެރެއަށް ނެސްލޭ ކްރީމްކޮޅު އަޅާލާފައި ގިރާލާށެވެ.

  • އެތަކެތި އެއްކޮށް ގިރުމުން އެއްކައިރިއެއްގައި ބަހައްޓާފައި، ކުޑަ ތެޔެއްގައި ޑާކް ޗޮކްލެޓްކޮޅު ވިރުވާލާށެވެ.

  • ޗޮކްލެޓުކޮޅު އެއްކޮށް ވިރި، ދިޔާވުމުން އޭތިކޮޅު، ކުރިން އެއްކުރި ބިސްތައްޓަށް އަޅާލާށެވެ. އަދި އެއަށްފަހު އޭގެ ތެރެއަށް ބަޓަރ އާއި ވިޕިންގ ކްރީމް އެޅުމަށްފަހު އެއްކޮށް ރަނގަޅަށް ގިރާލާށެވެ.

  • ދެން ކެޝޫނަޓްކޮޅު ރަނގަޅަށް ފުނޑުވާލުމަށްފަހު، މަޑު ގިނީގައި އުނދުންމައްޗަށްލާ ކުޑަކޮށް ރޯސްޓް ކޮށްލާށެވެ.

  • ދެން ވަކިން ތައްޓަކަށް ކިރުއަޅާފައި ބެހެއްޓުމަށްފަހު، ބިސްކޯދު ޕުޑިންގ ހަދަން ބޭނުންވާ ޓްރޭ ނަގާފައި، އޭގެ ފުލުހުން ކުރިން ތައްޔާރު ކުރި ޗޮކްލެޓްކޮޅުން އެތިކޮޅެއް އުނގުޅާލާށެވެ.

  • ދެން އެއަށްފަހު ކިރުތައްޓަށް މާރީ ފަހަރަކު މާރީ ބިސްކޯދެއްލާ ފޯކޮށްލުމަށްފަހު ޗޮކްލެޓް ހޭކި ޓްރޭގައި ފަތުރާލާށެވެ.

  • އެއް ލޭޔަރ އަށް ފެތުރުމުން މާރީ ބިސްކޯދުތަކުގެ މައްޗަށް އަނެއްކާވެސް ޗޮކްލެޓްކޮޅެއް އަޅާފައި ރީތިކޮށް ފަތުރާލުމަށްފަހު، އޭގެ މައްޗަށް ކުރިން ރޯސްޓް ކުރި ކެޝޫނަޓް ކޮޅުން އެތިކޮޅެއް އަޅާލާށެވެ.

  • މިފަދައިން ފަހަރަކު ލޭޔަރއެއް ހަދަމުން، ކެޝޫނަޓް އަޅަމުން ގެންދާށެވެ. އެއްކޮށް ލޭޔަރތައް އަޅާނިމުމުން، ތިން ގަޑިއިރަށް ޓްރޭ ފްރިޖަށް ލާށެވެ. އެއަށްފަހު ބިސްކޯދު ޕުޑިންގ ތައްޔާރުވީއެވެ.


0% އުފާވި
100% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)