ރެސިޕީ - ޗޮކޮލެޓް މޫސް ކޭކް

ބޭނުންވާނެ ތަކެތި:

 • 1 ލީޓަރު ކިރު (ފުލް ކްރީމް މިލްކް)
 • 100 މިލިމީޓަރު ހެވީ ކްރީމް

 • 50 ގްރާމް ކޮކޯ ޕައުޑަރ
 • 50 ގްރާމް ސްޓާޗް (ނުވަތަ ޒުވާރި ފުށް)
 • 150 ގްރާމް ހަކުރު
 • 300 ގްރާމް ޑާކް ޗޮކޮލެޓް

 

ތައްޔާރު ކުރާނެ ގޮތް:

 • އެންމެ ފުރަތަމަ ކިރު، ހެވީ ކްރީމް، ކޮކޯ ޕައުޑަރ، ސްޓާޗް އަދި ހަކުރު ބޯތައްޓެއްގައި އެއްކޮށް ގިރާލާށެވެ.
 • ދެން ޓްރޭ އެއްގެ ތެރެއަށް ކުރިން އެއްކުރި ތަކެތި ފުރާނާލުމަށްފަހު، ޓްރޭ އުނދުންމައްޗަށްލާފައި މަޑު ގިނީގައި ކައްކާލަމުން އޭގެ ތެރެއަށް ޑާކް ޗޮކްލެޓްކޮޅު އަޅާލާށެވެ.
 • ޑާކް ޗޮކްލެޓްކޮޅު އެއްކޮށް ވިރެންދެން ކައްކާލުމަށްފަހު އެހެން ޓްރޭއެއްގެ ތެރެއަށް އެއްކުރި ފުށްގަނޑު އޮއްސާލާށެވެ.
 • ދެން ތައްޔާރު ކުރި ޗޮކްލެޓް ފުށްގަނޑު ހަތަރު ގަޑިއިރު ވަންދެން ފްރިޖަށްލުމަށްފަހު ނެގުމުން ޗޮކްލެޓް މޫސް ކޭކް ތައްޔާރު ކުރެވުނީއެވެ.
 • ބޭނުންނަމަ ކޭކުގެ މައްޗަށް ކޮކޯ ޕައުޑަރ ނުވަތަ މައިލޯ ކޮޅެއް ވެސް އެޅިދާނެއެވެ.

0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)