ރެސިޕީ - ޕޮޓޭޓޯ ޕައީ

ބޭނުންވާނެ ތަކެތި:

  • 5 އަލުވި (ކިއުބްކޮށް ކޮށާފަ، ކައްކާ މަޑުކޮށްފައި)

  • 1 ދަޅު މަސް

  • 1 ލީކްސް

  • ޗީޒް (ގާނާފައި)

  • 6 ބިސް

  • 1 ގިތެޔޮ މިރުސް

  • 3 ފިޔާ

  • ލޮނު

  • އަސޭ މިރުސް

  • އަޖިނަމޮޓޯ

  • ތެޔޮ

 

ތައްޔާރު ކުރާނެ ގޮތް:

  • އެންމެ ފުރަތަމަ އުނދުން މައްޗަށް ތަވާއެއް އުދުމަށްފަހު އޭގެ ތެރެއަށް ތެޔޮފޮދެއް އެޅުމަށްފަހު ތެޔޮފޮދު ހޫނުވުމުން ފިޔާކޮޅު އަޅާފައި ފިޔާ މީރު ކޮށްލާށެވެ. ފިޔާކޮޅު މީރުވުމުން އޭގެ ތެރެއަށް ލީކްސް ކޮޅުވެސް އަޅާފައި މީރު ކޮށްލާށެވެ.

  • އެއަށްފަހު މަސް، އަލުވި، އަޖިނަމޮޓޯ، ލޮނު، އަދި އަސޭމިރުސް އަޅާފައި ރޯފިލުމުން އުނދުންމަތިން ތެލި ބާލާށެވެ.

  • އެއަށްފަހު ބިހާއި ޗީޒް ގިރާލުމަށްފަހު ކުރިން ހެދި މަސްކޮޅާއި އެއްކޮށްލާ ތަވާގައި ފިހެލާށެވެ. ޕޮޓޭޓޯ ޕައީ ތައްޔާރުވީއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)