އެންމެ މާތް މުއުމިނުންނަކީ ކޮބާ؟ - ބިލާލް އައްސަދު

އިންސާނުންނަކީ އަބަދުވެސް އެންމެ މޮޅު ގޮތާއި އެންމެ މޮޅު ކަންކަން ހޯދަން ވިސްނާ ބައެކެވެ. އަދި އެކަމަށް ދަހިވެތިވެސްވާ ބައެކެވެ. މިގޮތުން ސުންނަތް ނަމާދު ނުކުރާ މީހުންވެސް އެންމެ ގިނަ ސަވާބު ލިބޭ ސުންނަތް ނަމާދު ހޯދަން މަސައްކަތް ކުރާނެއެވެ. ދުވަހަކު ދެ އަތް އުފުލައި ދުޢާ ނުކުރާ މީހުންވެސް އެންމެ "މޮޅު" ދުޢާ ހޯދަން ސުވާލުތައް ކުރާނެއެވެ.

މީސްތަކުންގެ ތެރެއިން އެންމެ މާތް ބައަކީ މުއުމިނުންނެވެ. މުއުމިނުންގެ ތެރެއިން އެންމެ މާތް ބައަކީ ކޮބައިކަން ބަލައިލަމާ ހިނގާށެވެ. މިއީ ވެސް ހަމަ ބަލައިލަން އެންމެ ރަނގަޅު ކަމެކެވެ.

އެއްދުވަހަކު ރަސޫލް (ޞޢވ) މުސްލިމުންގެ އެންމެ އިސް ބޭކަލުން ހިމެނިވަޑައިގަންނަވާ ގޮތަށް ބައަކާއިއެކު އިންނަވަނިކޮށް ޒުވާނަކު އައިސް ދެންނެވިއެވެ.

ރާސޫލާ (ޞޢވ) އެވެ. އެންމެ މާތް މުއުމިނަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި ރަސޫލް (ޞޢވ) ޙަދީޘް ކުރެއްވެވިއެވެ. "އެންމެ މާތް މުއުމިނަކީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤް އެންމެ ރަނގަޅު މީހާއެވެ."

ދެން ނިކަން ވިސްނައިލަބަލާށެވެ. އަހަރެމެންގެ އަމަލުތައް މިއަދު މިހުރި ގޮތާއިމެދުގައެވެ. ދީނީ މީހުންކަމުގައި ފެންނަ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން އެއީ ކޮންކަހަލަ އަޚްލާޤެއްގެ މީހަކު ކަމާއިމެދު އެބަ ސުވާލު އުފެދެއެވެ. މިސާލަކަށް މީހަކު މިސްކިތަށް ކާރުގައި ހިނގައިދާނެއެވެ. ކާރު ޕާކުކުރަނީ ޖެހިގެން ހުރިމީހާގެ ގޭގެ ކުރިމަތީގައި އެގޭގެ މީހުންނަށް ބޭރަށް ނުނުކުމެވޭ ގޮތަށެވެ. އެކަމަކު އެމީހާ ވެސް ބުނާނީ ތިމަންނައަކީ ހަމަ މުއުމިނެއް ކަމަށެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)