ދީނީ ސުވާލާއި ޖަވާބު - އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕުން

ސ. ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުމުގެ މުހިންމު ކަމަކީ ކޮބާތޯ؟

ޖ. ކޮންމެ ރެއަކު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި މީހަކަށް އެރޭ ފުދިއްޖެ ކަމުގައިވެއެވެ.

 

ސ. ދެމޫނުގެ ވެރި މުނާފިޤުންނަކީ ކޮބާތޯ؟

ޖ. އެކި މީހުން ކައިރީ އެކި ގޮތަށް ވާހަކަ ދައްކާމީހުންނެވެ. 

 

ސ. މުދަލުގެ ޒަކާތް ދައްކާއިރު، ދައްކަން ޖެހޭނީ މީހުންނަށް އަނބުރާ ދައްކާދީފަ ހުންނަ ފައިސާވެސް ހިމަނައިގެންތޯ؟

ޖ. އެފައިސާ ލިބޭނެކަމުގެ ޔަގީންކަން އޮންނަ ނަމަ އެބައިވެސް ހިމަނައިގެންނެވެ. 

 

ސ. ރުޤްޔާ ކުރާ މީހަކަށް ޙައިޟުގެ ދުވަސްވަރު ރުޤްޔާ ކުރެވިދާނެތަ؟

ޖ. ކުރެވިދާނެއެވެ. 

 

ސ. ވަނަން ކިޔުމަކީ އެހާ ރަނގަޅު ކަމެއް ނޫނޭ ބުނެއުޅޭ އަޑު އަހަމެވެ. ނަމަވެސް އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ އާއިލާ މީހުންނާއި އެކުވެރިން، އަޅުގަނޑުގެ ވަނަމުން އަޅުގަނޑާއި މުޙާތަބް ކުރާށެވެ. މިކަމުގެ ސަބަބުން އަޅުގަނޑު ފާފަވެރި ވާނެ ތޯއެވެ؟

ޖ. އެމީހެއްގެ ރުހުމުގައި ވަނަމުން ގޮވުމަކީ މައްސަލައެއް ނޫނެވެ. 

 

ސ. އިސްލާމްދީނަކީ ތެދު ދީންކަން އަންގަވާ ދެއްވުމާއި އެއްކޮށް އެނޫން އެހެން އެއްވެސް ދީނެއް ނުވާކަމުގެ ޔަގީންކަން ދީނުގައި ދެއްވާފައިވަނީ ކިހިނެއްތޯ؟ ސަބަބަކީ ދީން އެނގުމާއި އެއްކޮށް، ލާދީނީ މީހުންގެ ނަޒަރިއްޔާތު އަހާ ނުލަންޏާ ރަނގަޅަށް ދޭތި އަޅާކިޔާކަށް ނޭނގޭނެއޭ ޝައިޠާނާ ވަސްވާސް ލާދޭ، މިކަމަށް އޮތް ޙައްލަކީ ކޮބާތޯ؟

ޖ. އަޅުގަނޑުމެން ނެތުމުގެ ތެރެއިން އުފެއްދެވީ މާތް ﷲ އެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ކޮބާ ކަމާއި ގެއްލުން ހުރީ ކޮން ގޮތަކުންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ވީމާ އެކަލާނގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަން ގަތުމަށްވުރެ މޮޅު ގޮތެއް ނޯންނާނެއެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ މައްޝޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛް އަބްދުއްލަތީފް އެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)