ދީނީ ސުވާލާއި ޖަވާބު - އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕުން

ސ. އަނބިމީ ބޭނުންވަނީ "ބޯއީ" އެއް ރައްޓެއްސަކަށް ހޯދަން. މިއީ ކޮންކަހަލަ ކަމެއްތޯ؟

ޖ. އަނބިމީހާއަށް ފިރިހެން ރައްޓެއްސަކު ހޯދަން ފުރުސަތު ދީގެން ނުވާނެއެވެ.

 

ސ. ދަރިއަކު ލިބުމުން ހަތް ދުވަސް ފުރުމުން އަމަލު ކުރަން ޖެހޭ ގޮތަކީ ކޮބާ؟ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ތަފާތު ވާނެތޯ؟

ޖ. ބޯބޭލުން، ނަން ކިޔުން، އަގީގާ ކަތިލުން. ފިރިހެން ކުއްޖެއްނަމަ ޚިތާނު ކުރުމެވެ.

 

ސ. ވިތުރި ކުރުން އެންމެ ރަނގަޅީ ޢިޝާ ކޮށް ނިމިގެންތޯ؟ ނުވަތަ އެއަށްވުރެ ފަސް ކުރުންތޯ ރަނގަޅީ؟

ޖ. ވިތުރި ކުރަންވާނީ ރޭގަނޑުގެ އެންމެ ފަހު ނަމާދެއްގެ ގޮތުގައެވެ.

 

ސ. ކޮންމެ ރެއަކު ސޫރަތުލް މުލްކު ކިޔަވާނަމަ ކަށްވަޅުގެ އަޒާބު ނުލިބޭނެތޯ؟

ޖ. ލައްބަ. އިންޝާ ﷲ ނުލިބޭނެއެވެ.

 

ސ. މުލްކު ސޫރަތް ކިޔަވަން ވާނީ ކޮން ވަގުތަކުތޯ؟ އިރުއޮއްސުމުން ކިޔެވިޔަސް ވާނީ ރޭގަނޑުގެ ވަގުތު ކިޔެވިކަމަށްތޯ ނުވަތަ ޢިޝާ ނަމާދު ފަހުންތޯ ކިޔަވަން ވާނީ؟

ޖ. އިރު އޮއްސުމަށްފަހު ކޮންމެ ވަގުތެއް ވެސް ރަނގަޅު ވާނެއެވެ.

 

ސ. އެހެން މީހެއްގެ މައްޗަށް އުމްރާއެއް ކުރެވޭނީ އެމީހެއް ދުނިޔޭގައި ނެތް ނަމަތޯ؟

ޖ. އެމީހާ ދުނިޔޭގައި ނެތް ނަމަ، ނުވަތަ ދުނިޔޭގައި ހުރި ނަމަވެސް ބަލި ހާލު ހުރި ގޮތުން އަމިއްލައަށް އުމްރާ ކުރަން ނުދެވޭވަރަށް ބަލިނަމައެވެ.

 

ސ. ދަރިންގެ ޒިންމާ ނުނެގޭނަމަ ދެ އަނތްބަށް ކައިވެންޏެއް ކުރުމަކީ ކޮން ކަހަލަ ކަމެއްތޯ؟ ދަރިންގެ ޚަރަދާއި ދަރިންނަށް ތަރުބިއްޔަތު ދިނުމާއި މިކަންކަން ނުކޮށްދެވޭނަމަ ދެ އަނތްބަށް އިންނަން ބޭނުން ވިޔަސް ކައިވެނި ކުރެވޭނެތޯ؟

ޖ. ދެ އަނތްބަށް އިންނަން ވާނީ ހުރިހާ ގޮތަކުން ވެސް އެކަމަށް ކުޅަދާނަކަން ލިބިގެންވާ މީހާއެވެ. އަނބިންގެ މެދުގައި އަދުލުވެރި ވާންވާނެއެވެ. ޚަރަދުކޮށް ދެވެން ޖެހޭނެއެވެ. ދަރިންގެ ކަންތައްތައް ބެލެހެއްޓެން ޖެހޭނެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)