ފުރަތަމަ ކައިވެނި، ކުޑަ ގޮތަކަށް - ދީޕިކާއާއި ރަންވީރް ކައިވެނި ކޮށްފި

ބޮލީވުޑްގެ އެންމެ މަގުބޫލް ދެ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް، އިޓަލީގެ ލޭކް ކޯމޯ ގައި މިއަދު އިންޑިއާގެ ސަގާފީ ކައިވެންޏެއް ކޮށްފިއެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، މިއަދު އަދި މިކުރެވުނީ މިދެތަރިންގެ ފުރަތަމަ ކައިވެންޏެވެ.

"ކޮންކަނީ ސެރެމޮނީ" ގެ ނަމުން ނަންދީފައިވާ އެޚަފްލާއަކީ އިންޑިއާގެ ބައެއް މީހުން ކައިވެނި ކުރާ ސަގާފީ ގޮތެކެވެ. ރިޕޯޓުތަކުން ހާމަވާ ގޮތުގައި ދީޕިކާ އާއި ރަންވީރް މިއަދު ކައިވެނި ކުރީ އެގޮތަށެވެ.

ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ދީޕިކާ އާއި ރަންވީރްގެ ލޯބީގެ ގުޅުން ފެށިފައިވަނީ އެދެމީހުން އެކުގައި ކުޅުނު، ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގަލިޔޯކީ ރަސްލީލާ ރާމް-ލީލާ" ފިލްމުގެ ތެރެއިންނެވެ. ރިޕޯޓު ތަކުން ބުނެފައިވާ ގޮތުގައި މިދެތަރިންގެ ދެވަަނަ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެއީ މާދަމާ އަކީ މީގެ ފަސް އަހަރު ކުރިން "ގަލިޔޯކީ ރަސްލީލާ ރާމް-ލީލާ" ފިލްމު ރިލީޒް ކުރެވުނު ދުވަސް ކަމުގައިވާތީ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ދީޕިކާ އާއި ރަންވީރް އިޓަލީގައި ކައިވެނި ކުރި ކަމުގައި ވިޔަސް، އެދެމީހުންގެ ކައިވެނި ޚަފްލާ ބެންގަލޫރާއި މުމްބައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން މައުލޫމާތު ދެއެވެ.

އެދެމީހުންގެ ކައިވެންޏާއި ގުޅިގެން ބޮލީވުޑްގެ ނަން މަޝްހޫރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ އިތުރުން ބައެއް އެކްޓަރުން ވެސް ވަނީ އެމީހުންނަށް ތަހުނިޔާ ކިޔާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމް ޕްރޮޑިއުސާ ކަރަން ޖޯހަރް، އެކްޓްރެސް ނިމްރަތު ކޯރް ވެސް ހިމެނެއެވެ.

ދީޕިކާ އާއި ރަންވީރް އެކުގައި ކުޅުނު ފިލްމުތަކުގެ ތެރެއިން "ގަލިޔޯކީ ރަސްލީލާ ރާމް-ލީލާ" އަދި "ބާޖީރާއޯ މަސްތާނީ" އަކީ ގިނަ ބައެއްގެ މަގްބޫލުކަން ވަރަށް ބޮޑަށް ލިބިފައިވާ ދެފިލްމެވެ.

ދެމީހުންގެ މެދުގައި ލޯބީގެ އެއްވެސް ގުޅުމެއް އޮންނަ ކަމަށް މީގެ ކުރިން އެއްބަސްވެފައި ނުވި ނަމަވެސް، މިމަހުގެ 14-17 އާއި ހަމައަށް އެދެމީހުންގެ ކައިވެނި ދެމި އޮންނާނެ ކަމަށާއި އެންމެންގެ ހެޔޮ އެދުންތައް ލިބުމަށް އެދޭ ކަމަށް ބުނެ، ދީޕިކާ އާއި ރަންވީރް ވެސް ވަނީ އެމީހުންގެ އިންސްޓަގްރާމް ގައި އެކަން އިއުލާން ކޮށްފައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)