މިވަގުތު ރައީސް ނަޝީދަށް ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއްނުވޭ: ފުލުހުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދަށް މިވަގުތު އެއްވެސް ނުރައްކަލެއް އޮތް ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދަށް ފުލުހުން ފާރަލަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކައާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެމްއެންޑީއެފް އާއި ވިލަރެސް ކޮށްގެން ކުރަންޖެހޭ ކަންކަން މޯލްޑިވްސް ޕޮލިސް ސާވިސް އިންދަނީ ކުރަމުން ކަމަށެވެ. އެގޮތުން އެމަސައްކަތް ކުރާއިރު މަސައްކަތް ކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަން ކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

މިވަގުތު ރައީސް ނަޝީދަށް ނުރައްކަލެއް އޮތް ކަމަށް އެސާރވިސް އަށް ފާހަގަ ކުރެވިފައިނުވާ ކަމަށާއި އެހެންނަމަވެސް އާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ސޯޝަލް މީޑިއާ ނުވަތަ އެހެންވެސް ގޮތަކުން ނުރައްކަލެއް އޮތް ކަމަށް ފާހަގަ ކުރެވޭނަމަ އެމައުލޫމާތު ވަޒަން ކުރުމަށްފަހު އަޅަންޖެހޭ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)