މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަމަށް ހާޝިމް އައްޔަނު ކުރައްވައިފި

މޯލްޑިވްސް މަނިޓަރީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް އަލީ ޙާޝިމް އައްޔަނު ކުރައްވައިފިއެވެ. ކުރީގެ ފިނޭންސް މިނިސްޓަރުކަން ވެސް އަދާކޮށްފައިވާ ހާޝިމް އެމަގާމަށް އައްޔަނު ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައެވެ.

ހާޝިމް އެމަގާމަށް އައްޔަނު ކުރައްވައިފިކަމުގެ ލިޔުން އެމަނިކުފާނަށް ދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ރައްޔިތުންގެ މަޖިލީހުން ހާޝިމަށް ރުހުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާއަށް ރުހުން ދީފައި ވަނީ 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 އިން 2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ.

ކުރިން އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަހްމަދު ނަސީރު އިސްތިއުފާ ދެއްވާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގައި އެމްއެމްއޭގެ އިހުމާލް އޮތް ކަމަށް ބެލެވޭ މައްސަލައާ ގުޅިގެންނެވެ.

Attachments area


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)