އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮތް ކަޝްމީރް މައްސަލަ ރާއްޖެގެ މަޖިލިސް ތަޅުމުގައިވެސް ހޫނުވެއްޖެ!

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސްޕީކާޒް ސަމިޓުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ކަޝްމީރު މައްސަލަ ރާއްޖޭގެ މަޖިލިހުގެ ތަޅުމުގައި ހޫނުވެއްޖެއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ މަޖިލިސް ތަޅުމުގައި ތަގުރީރު ކުރައްވަމުން ކަޝްމީރުގެ ވާހަކަދައްކަވަން ފެށުމާއެކު އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ.

އުރުދޫ ބަހުން ވާހަކަފުޅު ދައްކަވަމުން ގާސިމް ސޫރީ ވަނީ، ކަޝްމީރާއިމެދު ބޭއިންސާފުކޮށް އިންޑިއާ ސިފައިން ޢަމަލުކުރަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

އެއާއެކު އިންޑިއާގެ ފަރާތުން ސަމިޓުގައި ބައިވެރިވާ ވަފުދުން ވަނީ ނިޒާމީ ނުކުތާއެއް ނަގާފަ އެވެ. އެކަމަކު ގާސިމް ސޫރީ މެދުކެނޑުމެއް ނެތި ވާހަކަ ދައްކަމުން ގެންދިޔުމާއެކު އިންޑިއާއިން ވެސް ވާހަކަދައްކަން ފެށި އެވެ. 

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވިދާޅުވީ އެގައުމުގެ ދާހިލީ މައްސަލައެއް މިހާރު ކުރިއަށްދާ ސަމިޓުގައި ޕާކިސްތާނުން ނަގަން މަސައްކަތް ކުރުން ގަބޫލު ނުކުރެވޭނެ ކަމަށެވެ. 

ދެޤައުމު ދެމެދު ކުރެވުނު ބަހުސް މާބޮޑަށް އަޑުގަދަވުމުން، މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަމިޓު އެވަގުތު މެދުކަނޑާލައްވާފައެވެ.އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮތް ކަޝްމީރް މައްސަލަ ރާއްޖެގެ މަޖިލިސް ތަޅުމުގައިވެސް ހޫނުވެއްޖެ!

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ސްޕީކާޒް ސަމިޓުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ކަޝްމީރު މައްސަލަ ރާއްޖޭގެ މަޖިލިހުގެ ތަޅުމުގައި ހޫނުވެއްޖެއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ މަޖިލިސް ތަޅުމުގައި ތަގުރީރު ކުރައްވަމުން ކަޝްމީރުގެ ވާހަކަދައްކަވަން ފެށުމާއެކު އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ.

އުރުދޫ ބަހުން ވާހަކަފުޅު ދައްކަވަމުން ގާސިމް ސޫރީ ވަނީ، ކަޝްމީރާއިމެދު ބޭއިންސާފުކޮށް އިންޑިއާ ސިފައިން ޢަމަލުކުރަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. 

އެއާއެކު އިންޑިއާގެ ފަރާތުން ސަމިޓުގައި ބައިވެރިވާ ވަފުދުން ވަނީ ނިޒާމީ ނުކުތާއެއް ނަގާފަ އެވެ. އެކަމަކު ގާސިމް ސޫރީ މެދުކެނޑުމެއް ނެތި ވާހަކަ ދައްކަމުން ގެންދިޔުމާއެކު އިންޑިއާއިން ވެސް ވާހަކަދައްކަން ފެށި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވިދާޅުވީ އެގައުމުގެ ދާހިލީ މައްސަލައެއް މިހާރު ކުރިއަށްދާ ސަމިޓުގައި ޕާކިސްތާނުން ނަގަން މަސައްކަތް ކުރުން ގަބޫލު ނުކުރެވޭނެ ކަމަށެވެ.

ދެޤައުމު ދެމެދު ކުރެވުނު ބަހުސް މާބޮޑަށް އަޑުގަދަވުމުން، މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަމިޓު އެވަގުތު މެދުކަނޑާލައްވާފައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)