ކަޝްމީރްގެ މައްސަލައިގަ ރާއްޖޭގެ ފޮރެން މިނިސްޓަރު ދިފާއުކުރީ އިންޑިއާ!

ކަޝްމީރުން މުސްލިމުން ނައްތާލުމަށް އިންޑިއާއިން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ހިންގަމުން އައި ލާއިންސާނީ އަމަލުގައި، ރާއްޖޭގެ ފޮރެން މިނިސްޓަރ އަބްދުﷲ ޝާހިދް ދިފާއު ކުރީ އިންޑިއާ އެވެ.

ފޮރެން މިނިސްޓަރ ޝާހިދު މިކަމާއި ގުޅޭގޮތުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާއްދާ 370 އާއި ގުޅޭގޮތުން އިންޑިއާގެ ނިންމުމަކީ އެޤައުމުގެ ދާޚިލީ މައްސަލައެއް ކަމަށް "ރާއްޖެއިން" ދެކޭ ކަމަށާއި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ޤައުމެއް ކަމަށާއި އަދި ޤާނޫނު އަސާސީއަށް ބަދަލުތައް ގެނެސް އިސްލާޙު ކުރުމުގެ ބާރު އެޤައުމަށް ލިބިފައިވާކަމަށެވެ.

މީގެކުރިން ކަޝްމީރްގައި އޮތް މާއްދާ 370 ގެ ދަށުން ކަޝްމީރްގައި ހިނގަނީ މުސްލިމުންގެ ބާރެވެ. އެގޮތުން މުސްލިމުން އެތަނުގައި ވަޒަންވެރިވެ، ވަޒީފާތައް އަދާކުރުމުގައި ވެސް އިސްވެ އުޅުނެވެ. ނަމަވެސް އިންޑިއާ އިން އެމާއްދާ އުވާލާ، މިހާރު މަސައްކަތް ކުރަމުންދަނީ ކަޝްމީރުން މުސްލިމުން ނައްތާލާ އެތަން އިންޑިއާގެ ހިންދޫންގެ ބާރުގެ ދަށަށް ގެނައުމަށެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހުން ފެށިގެން އިންޑިއާ ސިފައިންވަނީ ކަޝްމީރުގެ އެތަކެއް މުސްލިމުންނަށް އަނިޔާކޮށް، އެތަކެއް މުސްލިމުންނެއްގެ ލޭ އޮހޮރުވާލާފައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)