އަދީބާއެކު ހަދާފަވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް، އިއުތިރާފް އެއްބަސްވުމެއްގަ ސޮއިކޮށްފައެއް ނުވޭ: މަޙްފޫޒް

ކުރީގެ ނައިބު ރައީސް އަހުމަދު އަބީދާއެކު ދައުލަތުން ހަދާފައިވަނީ އެއްބާރުލުން ދިނުމުގެއް އެއްބަސްވުމެއް ކަމަށާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާފަދަ އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެ ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލު މަޙްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

އަދީބު ބަންދު ކުރުމަށް ބޭއްވުނު ޝަރީއަތުގެ އަޑުއެހުންތަކުގައި ވަކީލުންނާއި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގިފައިވަނީ އެމްއެމްޕީއާރްސީ ގެ ފައިސާތަކަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑާ ކުރި މައްސަލައަށް އަދީބު އަމިއްލަފުޅަށް ވެސް އިއުތިރާފްވެ ވަޑައިގެންފައިވާ ކަމަށާއި އެފަދަ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައިވާ ކަމަށެވެ.

ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު، ދައުލަތާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ މައްސަލަ ޝަރީއަތަށް ނުގޮސް ނިޔާގެ ގޮތުގައި ހުކުމް ކުރާނެއެވެ. އަދި ހުކުމް ކުރާއިރު ހުކުމް އެމީހެއްގެ އަދަބަށް ލުޔެއް ވެސް ލިބިގެން ދާނެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ވަކީލު މަޙްފޫޒް ސައީދު މިއަދު ވިދާޅުވެފައިވަނީ، އަދީބު ސޮއި ކުރެއްވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގައި ބުނާ އިއުތިރާފް އެއްބަސްވުމެއްގައި ނޫން ކަމަށާއި އެއީ އެފަދަ އެއްބަސްވުމަކަށް ވާސިލްވުމަށް ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ކަމަށް ވެސް ވަކީލު ވިދާޅުވެފައިވެއެވެ.

"އަދީބާއެކު ހަދާފައިވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބުނާ އިއުތިރާފް އެއްބަސްވުމެއް ނޫން" މަޙްފޫޒް ވިދާޅުވިއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)