މެދުރާއްޖެ ތެރޭގެ ދެ އަތޮޅަކަށް ފެރީގެ ޚިދުމަތް ދޭން ފަށައިފި!

އެމްޓީސީސީން މެދު ރާއްޖެތެރޭގެ ދެ އަތޮޅަށް ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. އެގޮތުން އެމްޓީސީސީން ރަށު ލިންކް ފެރީގެ ޚިދުމަތް ދޭން ފަށާފައިވަނީ ޒޯން ހަތަރެއްގައި ހިމެނޭ (މ) އަތޮޅާއި (ދ)އަތޮޅަށެވެ.

އެހެން އަތޮޅުތަކުގެ ފެރީގެ ޚިދުމަތްދޭ އުސޫލް މިއަތޮޅުތަކުގައިވެސް ކޮންމެ ހަފްތާއަކު ތިންދުވަހު ކޮންމެ ރަށަކަށް ފެރީގެ ޚިދުމަތް ލިބޭނެއެވެ. އެމްޓީސީސީން ވިދާޅުވީ ފ.އަތޮޅުގެ ފެރީގެ ޚިދުމަތް މިހަފްތާތެރޭ ދޭންފަށާނެކަމަށެވެ.

މިޚިދުމަތުގެ މަޢުލޫމާތާއި ތާވަލު އެމްޓީސީސީގެ ދަތުރުފަތުރުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

މެދުރާއްޖެތެރޭގެ މ، ފ، ދ، މިތިން އަތޮޅަށް މީގެކުރިން ފެރީގެ ޚިދުމަތް ދެމުންދިޔައީ "ވާމިލިއަން" ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. އެކުންފުނިން ދެމުންދިޔަ ޚިދުމަތް ހުއްޓާލާފައިވާތީ، އަތޮޅުގެ ރައްޔިތުންނަށް އެކިކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. އެމްޓީސީސީން ގެންދަނީ ރާއްޖޭގެ ހަ ޒޯނަކަށް ފެރީގެ ޚިދުމަތް ދެމުންނެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)