ރައީސް ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ މެންދުރު 13:00 ގައި ބާއްވަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް މިއަހަރުގެ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ބާއްވާ، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން އަމުރު ކުރިއެވެ. ނަމަވެސް ހައިކޯޓުން ވަނީ މިދިޔަ މަހު އެއަމުރު ބާތިލު ކޮށްފައެވެ.

ޝަރީޢަތް ނިމެންދެން ރައީސް ޔާމީން ބަންދު ކުރަން އަމުރު ކުރުމުގެ އިތުރުން އެމަނިކުފާނުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރަން ވެސް ކްރިމިނަލް ކޯޓުން އަމުރެ ނެރުނެވެ. ނަމަވެސް އެއަމުރު ވެސް ހައި ކޯޓުން ފަހުން ވަނީ ބާތިލު ކޮށްފައެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)