ސައިކަލެއްގައި ދިޔަ ފިރިހެނަކު ބޯއަނބުރައިގަނެގެން ވެއްޓި ބޯ ފަޅައިގެން ގޮސްފި

މާލޭ ލިލީ މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ ފިރިހެނަކު، ބޯއަނބުރައިގަނެގެން ވެއްޓި އެމީހާގެ ބޯ ފަޅައިގެން ގޮސްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިއަދު ހެނދުނު 10:34 ހާއިރު ލިލީ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން، ބޯ އަނބުރައިގަނެގެން ވެއްޓި ބޯ ފަޅައިގެން ގޮސްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ.

އެމީހާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާގައި އެމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގާ އެސައިކަލުން ޖެހިފައިވާ ކަމަށާއި ނަމަވެސް އެމީހާއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)