ނަފްސާނީ ބަލިމަޑުކަން ސިއްރު ކުރެވިގެން ނުވާނެ - ހެލްތު މިނިސްޓަރ އަމީން

ނަފުސާނީ ބަލިމަޑުކަމަކީ ސިއްރުކުރެވިގެން ވާނެ ކަމެއް ނޫން ކަމުގަައި ހެލްތް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަތުކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮ މުޖްތަމައެއް ބިނާ ކުރަން ކުރާ މަސައްކަތުގެ ދަށުން މިއަދު ފެށި"ނަފްސާނީ ދުޅަހެޔޮ ރާއްޖެ" ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމަށް ހުށަހެޅުމުންދާހެން ހީވާ ފަރާތްތަށް އެކަން ސިއްރު ނުކޮށް އެހެން މީހުނާ އެކަން ހިއްސާ ކުރުން ރަނގަޅު ކަމަށެވެ.

މިނިސްޓަރ އަމީންގެ ވާހަކަފުޅުގައި ވިދާޅުވީ "ކިހިނެތްހޭ" އަހާލުމުން "ރަނގަޅޭ' އާއްމު ގޮތެއްގައި މީހުން ބުނެ އުޅޭ ކަމަށާއި ނަމަވެސް އެބުނާ "ރަނގަޅޭ" ގެ ފަހަތުގައިވާ ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަ ހިއްސާ ކުރުމުގެ ޝައުގާއި ހިތްވަރު ނުހުންނަ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ނަފްސާނީ ބަލިމަޑުކަމުން އަރައިގަތުމަށް ދިރިއުޅުމުގެ އާދަަތައް ވަކި ތަރުތީބަކުން ގެންދަން ޖެހޭއިރު ބައްޔެގެ ސަބަބުންވެސް ނަފްސާނީ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހި ދާނެ ކަމަށާއި އެހެންކަމުން ހުރިހާ އެންމަނަކީ ވެސް ސިއްހީ ގޮތުން މައުލޫމާތު މުއްސަނދި ބަޔަކަށްވާން ޖެހޭނެ ކަމަށެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)