ރޭޕް މައްސަލައިގަ ފިލި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފި!

މިމަހުގެ 11 ވީ ބުރާސްފަތި ދުވަހުގެ ރޭ މާފަންނުގައި ހުރި ގެސްޓްހައުސް އެއް ތެރޭގައި، އަންހެނަކު ރޭޕް ކުރަން އުޅުމުގެ މައްސަލައިގައި، އެވަގުތު އެތަނުން ފިލި ދެމީހުންގެ ތެރެއިން އެކަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ. 

ގެސްޓްހައުސް ތެރެއިން އަންހެނަކު ހަޅޭލަވާ އަޑަށް ފުލުހުން އެތަނަށް ދިޔައިރު، އަންހެން މީހާ ރޭޕް ކުރަން ހަތަރު ފިރިހެނަކު އުޅުންކަމަށް ތުހުމަތު ކޮށްފައިވެއެވެ. އޭގެތެރެއިން ދެ މީހަކު އެރޭ ފިލި ކަމަށާއި ހައްޔަރު ކުރެވުނު ދެމީހުންގެ ތެރެއިން އެކަކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. 

ފިލި ދެމީހުންގެ ތެރެއިން މިރޭ 20:00 ހާއިރު ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ބުނެފައިވެއެވެ.

އެމީހާ ހައްޔަރު ކޮަށްފައިވަނީ މާލެއިންނެވެ. 


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)