މާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި!

މއ. ސީނުއާގޭގައި ހުރި ގުދަނެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެއެވެ. އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިހާރު މިއަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:44 ގައެވެ. އަދި އަލިފާންގަނޑު ނިއްވާލާފައިވަނީ 20:02 ހާއިރެވެ.

އަލިފާން ރޯވެފައި ހުރީ ދެ ފަންގިފިލާއަށް ހަދާފައި ހުރި އެގުދަނުގެ ތިރީބައިގަ ހުރި ޗާކޯލާއި އެހެނިހެން ސާމާނު ތަކެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)