ކާޑުގެ ބާވަތްތައް ވިއްކައިދޭނެ އޭޖެންޓުން ހޯދަން އެސްޓީއޯ އިން އިއުލާނު ކޮށްފި

މާލޭއާ އެއްއަގެއްގައި ކާޑުގެ ބާވަތްތަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފައިވާ އަގުގައި ވިއްކައިދޭނެ އެޖެންޓުން ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އިން އިއުލާންކޮށްފި އެވެ. އެސްޓީއޯ އިން އިއުލާނު ކޮށްފައިވަނީ އޭޖެންޓުން ހަމަޖެހިފައިނުވާ 87 ރަށަކުން އޭޖެންޓުން ހޯދުމަށެވެ.

އިއްޔެގެ ވަގުތެއްގައި އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކާޑުގެ ބާވަތްތަށް މާލޭއާ އެއްއަގެއްގައި އަތޮޅުތަކުގައި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ މާރޗް މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެރަށެއްގެ އެސްޓިއޯ ފާމަސީ އަށް ވަޑައިގެން ރަޖިސްޓްރީ ވުމަށެވެ.

އެސްޓީއޯގެ ވެބް ސައިޓުގައި ކުރި އެއިއުލާނުގައި ވަނީ ކާޑު އެޖެންޓުން ބޭނުންވާ 87 ރަށުގެ މައުލޫމާތު ވެސް ހިމަނާފަ އެވެ.

މީގެއިތުރުން އެއިއުލާނުގައި ބުނެފައިވަނީ ކާޑު އެޖެންޓަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލާން ކަރުދާސް އެރަށެއްގެ އެސްޓީއޯ ފާމަސީން ލިބެން ހުންނާނެ ކަމަށެވެ. ބީލަން ކަރުދާސް އެސްޓީއޯ ހެޑް އޮފީހާއި އެސްޓީއޯ ސްޓޭޕްލް ފުޑްސް އިންނާއި އެސްޓީއޯގެ ވެބް ސައިޓުވެސް ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި ބީލަން ކަރުދާސް ހުޅުވުން އޮންނަނީ މިމަހު 21 ވަނަ ދުވަހު އެރަށެއްގެ ފާމަސީއިން ކަމަށްވެސް އެސްޓީއޯގެ އިއުލާނުގައި އިތުރަށް ބުނެފައިވެ އެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)