އެޗްއާރްސީއެމް ގެ މެމްބަރުން ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި!

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް  (އެޗްއާރްސީއެމް) އިން ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އާއި ބައްދަލުކުރައްވައިފި އެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި ހޯމް މިނިސްޓަރާއި ބައްދަލުކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާމިނަތު އިނާސްއާއި ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ޒާހިދު އެވެ.

މިބައްދަލުވުމާއި ބެހޭގޮތުން ހޯމް މިނިސްޓްރީން ބުނީ ބައެއް މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެ މުއައްސަސާއިން ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް ވެސް އެމިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

މިނިސްޓަރ އިމްރާންގެ ބައްދަލުވުމާއި ގުޅޭގޮތުން އެޗްއާރްސީއެމް އިން އަދި ބަހެއް ނުބުނެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)