އިމާރާތެއްގައި ކުލަލާން އުޅުނު ދެ ބިދޭސީއަކު ވެއްޓިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ސީޕްލޭން އޭރިއާގައި ހުރި އިމާރާތެއްގައި ކުލަލާން އުޅުނު ދެ ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 10:00 ހާއިރު ހިނގި މިހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ގެ ދެ ރައްޔިތަކަށް ކަމަށެވެ. 

މިދެމީހުން އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އޭގެ ތެރެއިން އެކަކުގެ ފައިގެ ކުޑަ ހުޅަށާއި އުނަގަނޑަށް ތަދެއް އެރުން ނޫން އިތުރު ގެއްލުމެއް ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. 

އިމާރާތުން ވެއްޓުނު ދެ ބިދޭސީންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. 


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)