ރައީސް މައުމޫންގެ ތާއީދާއެކު 24 ދާއިރާއަކަށް ކުރިމަތިލަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގެ ތާއީދާއެކު، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 24 ދާއިރާއަކަށް ބޭފުޅުން ކުރިމަތިލާ ގޮތަށް ނިންމައިފިއެވެ.

އެމްއާރްއެމް ގެ ފަރާތުން މިއަދު އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކެމްޕެއިންގެ ސްޕޯކްސްޕާރސަން ތަޒްމީލް އަބްދުލްސަމަދު ވިދާޅުވީ، ރައީސް މައުމޫންގެ ތާއީދާއެކު  24 ދާއިރާއަކަށް ކުރިމަތިލާން ނިންމާފައިވާއިރު، ކުރިމަތި ނުލައްވަން ނިންމާފައިވަނީ 11 ދާއިރާއަކަށް ކަމަށެވެ. 

މީގެއިތުރުން، ކުރިމަތިލައްވަން ކަނޑައަޅާފައިވާ ފަރާތްތަކުގެ ކެމްޕެއިނު މަސައްކަތް ވަރަށް އަވަހަށް ރަސްމީކޮށް ފަށަން ގަސްދުކޮށްފައިވާ ކަމަށާއި ކެމްޕެއިނުގެ ޝިއާރަކީ "މާއްދާ ހަތަރެއް" (#މާއްދާ4) ކަމަށް ވެސް ތަޒްމީލް ވިދާޅުވިއެވެ.

"ޤާނޫނޫ އަސާސީގައި މާއްދާ ހަތަރަކީ 'ރައްޔިތުންގެ ބާރު'، ދައުލަތުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިން. ރައްޔިތުންގެ ޙާދިމުންގެ ގޮތުގައި މަޖިލިހަށް ވަޑައިގެން، ރައްޔިތުން އައްޔަނު ކުރާ މެމްބަރުން ކަމަށްވީތީ އަޅުގަނޑުމެންގެ މިފަހަރުގެ ޝިއާރަކީ 'މާއްދާ 4' " ތަޒްމީލް ވިދާޅުވިއެވެ. 

ރައީސް މައުމޫންގެ ތާއީދާއެކު މަޖިލިސް އިންތިހާބަށް ވާދަ ކުރައްވަން ނިންމާފައިވާ ދާއިރާތައް:

 • ހެންވޭރު އުތުރު ދާއިރާ
 • ގަލޮޅު ދެކުނު ދާއިރާ
 • މައްޗަންގޯޅި އުތުރު ދާއިރާ
 • މައްޗަންގޯޅި ދެކުނު ދާއިރާ
 • މާފަންނު ހުޅަނގު ދާއިރާ
 • މާފަންނު މެދު ދާއިރާ
 • މާފަންނު މެދު ދާއިރާ
 • ވިލިމާލެ ދާއިރާ
 • ކެލާ ދާއިރާ
 • ނޮޅިވަރަމް ދާއިރާ
 • ކޮމަންޑޫ ދާއިރާ
 • ތުޅާދޫ ދާއިރާ
 • ތުލުސްދޫ ދާއިރާ
 • ކ. ގުރައިދޫ ދާއިރާ
 • ދިއްގަރު ދާއިރާ
 • މުލަކު ދާއިރާ
 • ނިލަންދޫ ދާއިރާ
 • ތ. ގުރައިދޫ ދާއިރާ
 • އިސްދޫ ދާއިރާ
 • ފޮނަދޫ ދާއިރާ
 • މާވަށު ދާއިރާ
 • ތިނަދޫ އުތުރު ދާއިރާ
 • ގައްދޫ ދާއިރާ
 • ހިތަދޫ އުތުރު ދާއިރާ

 

ކުރިމަތި ނުލައްވަން ނިންމާފައިވާ ދާއިރާތައް:

 • ހުޅުމާލެ ދާއިރާ
 • މައްޗަންގޯޅި މެދު ދާއިރާ
 • ދިއްދޫ ދާއިރާ
 • ހަނިމާދޫ ދާއިރާ
 • މަކުނުދޫ ދާއިރާ
 • ހަނިމާދޫ ދާއިރާ
 • މަޑުއްވަރީ ދާއިރާ
 • މާމިގިލީ ދާއިރާ
 • ތިމަރަފުށި ދާއިރާ
 • ވިލިނގިލި ދާއިރާ
 • ތިނަދޫ ދެކުނު ދާއިރާ
 • ފުވައްމުލަކު އުތުރު ދާއިރާ

0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)