ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ހުޅުދުއްފާރަށް 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފި

ރ. ހުޅުދުއްފާރަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެރަށަށް ގެންގޮސްފި އެވެ.

ފެނަކައިން ބުނީ، ހުޅުދުއްފާރަށް 400 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންދިޔައީ އެރަށަށް ކަރަންޓުދެމުން ގެންދިޔަ ތިން ޖަނަރޭޓަރުގެ ތެރެއިން 250 ކިލޯވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއިގުޅިގެން މެދުނުކެނޑި ކަރަންޓް ފޯރު ކޮށްދިނުމަށް ދިމާފއިވާ މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އަލަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަަމަށް ވެސް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެތެރޭ، ހުޅުދުއްފާރަށް އަލަށް ގެންދިޔަ 400 ކިލޯވޯޓްގެ ޖަނަރޭޓަރުން ކަރަންޓު ދެވޭނެ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

ހުޅުދުއްފާރަކީ އާބާދީގައި ގާތްގަނޑަކަށް 1500 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)