އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރަން ރައީސް މައުމޫން ނިންމަވައިފި

މައުމޫން ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.

ރައީސް މައުމޫން މިފަދައިން ނިންމެވިކަން އިއުލާނުކޮށްފައިވަނީ އެމްއާރްއެމް ގެ ބައެއް ސަޕޯޓަރުންނާއި ސްޕޮންސަރުންނާއެކު މިއަދު ހަވީރު 16:00 ގައި ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމުގައެވެ.

އެބައްދަލުވުމަށްފަހު، ނޫސްވެރިންނާއި ބައްދަލު ކުރައްވާ މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ފޯމުވެސް ނަގާފައިވާ ކަމަށާއި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ އަދަދަށް މީހުންގެ ފޯމު ހުށަހެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ރައީސް މައުމޫން ނިންމާފައިވާއިރު، އައު ޕާޓީ އަށް ކިޔުއްވަން ނިންމެވީ ހަމަ "އެމްއާރްއެމް" ކަމަށާއި ނަމަވެސް ޕާޓީއަށް ކިޔާ ނަމަށް ބަދަލެއް އައިސްފައިވާނެ ކަމަށެވެ. އެގޮތުން މައުމޫން ރީފޯމް މޫވްމެންޓް، އެނަން "މޯލްޑިވްސް ރީފޯމް މޫވްމެންޓް" (އެމްއާރްއެމް) ގެ ނަމަށް ބަދަލު ކުރައްވާ ޕާޓީއަށް ކިޔުއްވަން ގަސްދުކޮށްފައިވަނީ އެނަން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުުވިއެވެ. 


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)