މަންދު އިބުރާ ރަސޫލާ (ޞޢޥ) އަށް ފުރައްސާރަ ކޮށްފި

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސައްޔިދާ އާއިޝަތު (ރަޟިޢަﷲ އަންހާ) އަށް ނިސްބަތްކޮށް، އެމްޑީޕީގެ ކުރީގެ ރައީސް އަދި މަންދު ކޮލެޖުގެ މުސްތަޝާރު އިބްރާހިމް އިސްމާއިލް (މަންދު އިބުރާ)، ފުރައްސާރަ ކޮށްފިއެވެ. 

ލާދިނީ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ފަތުރަމުންދާ އިބުރާ ދާދި ފަހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަސޫލާ (ޞޢޥ) އަކީ އަމާނާތްތެރިއެއް ނޫން ކަމަށާއި މާތް ﷲ ބާވާލެއްވި ބައެއް އާޔަތްތައް އާއިޝަތު (ރަޟިޢަﷲ އަންހާ) ގެ އެނދުކޮޅުގެ ތަންދަށަށް ލައްވައިގެން ފާޅު ނުކުރައްވާ ހުންނެވި ކަމަށެވެ. 

ލާދީނީ ވާހަކަތަކެއް ފެތުރުމުގެ ގޮތުން އިބުރާ މިފަދައިން ބުނި ކަމުގައިވިޔަސް ރަސޫލާ (ޞޢޥ) އަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމުގެ ސަބަބުން، "އަލް އަމީން" (އަމާނާތްތެރިޔާ) ގެ ލަގަބު ދެވިފައިވާ އެންމެ މާތް ބޭކަލެވެ. އެކަލޭގެފާނަކީ ތެދުވެރިއެއް ކަމަށާއި އަމާނާތްތެރިއެއް ކަމަށް ޚުދު ޤުރައިޝުން ވެސް ބުނެފައިވާ ކަމަށް އިސްލާމީ ތާރީޚުން ވެސް ފެންނަން އޮތް އިރު، އިބުރާ މިފަދަ ވާހަކަތަކެއް ދެއްކީ ކީއްވެ ކަމެއް އެނގިފައެއްނުވެއެވެ. 

ރަސޫލާ (ޞޢޥ) އަކީ އުންމަތު ރަސޫލާކަމާއިމެދު ވެސް އިބުރާ ފާޅުގައި ސުވާލު އުފައްދާފައިވާއިރު، އޭނާވަނީ ޚުލަފާއުއްރާޝިދޫން ގެ ދެވަނަ ޚަލީފާ ކަމުގައިވާ އުމަރުގެފާނަށް ވެސް އެއްވެސް އިޙުތިރާމެއްނެތި އެތައް ވާހަކަތަކެއް ދައްކާފައެވެ. 

އިބުރާގެ މިވިޔާނުދާ ޢަމަލުގެ ސަބަބުން ދީނީ ޢިލުމުވެރިން ވަނީ އޭނާއަކީ ލާދީނީ މީހެއްކަމަށް ސިފަ ކުރައްވާ ތައުބާ ވާން ގޮވާލާފައެވެ. އަދި ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ އޭނާ ހިންގަމުން އަންނަ މަންދު ކޮލެޖުވެސް ބޯއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.


0% އުފާވި
0% ދެރަވި
100% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)