ނޭޝަނަލް ރީފޯމް ޕާޓީ އުފެއްދުމަށް ހުއްދަ ދީފި

"ނޭޝަނަލް ރީފޯމް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުއްދަ ދީފައެވެ.

އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ "ނޭޝަނަލް ރީފޯމް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އެކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

ނޭޝަނަލް ރީފޯމް ޕާޓީއަކީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް މުޙައްމަދު ދީދީ އުފައްދަވާ ޕާޓީއެކެވެ. އެޕާޓީ އުފެއްދުމުގެ ހުއްދަ ދިންކަމުގެ ލިޔުން އީސީގެ ފަރާތުން ހަވާލު ކޮށްދެއްވީ އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު އެވެ.

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި، ހުއްދަ ލިބުމަށްފަހު އެޕާޓީއަކަށް މަދުވެގެން 3،000 މެމްބަރުން ހަމަކުރަން ޖެހޭނެއެވެ. އެއަަދަދަށް މީހުން ހަމަވުމުން، ޕާޓީގެ އެންމެ ފުރަތަމަ އާންމު ޖަލްސާ ބޭއްވުމަށްފަހު އެޕާޓީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓަރ ކުރެވޭނެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)