ގިލި ލަންކަންފުށި ރިސޯޓެއްގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ސޮނޭވާ ގިލި، ގިލި ލަންކަންފުށި ރިސޯޓުގެ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 22:32 ހާއިރެވެ. އަދި އެއަލިފާންގަނޑު ނިއްވާލުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ގެ ލޯންޗެއް މިހާރު ވަނީ އެރިސޯޓަށް ދަތުރުކޮށްފައެވެ. 

އަޕްޑޭޓް: (23:38) ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށާއި އިތުރު ފަޔަރ ޓީމެއް މާލެއިން ގިލި ލަންކަން ރިސޯޓަށް ދިޔުމަށް ހަމަޖެހިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އަޕްޑޭޓް: (00:39) ގިލި ލިންކަން ރިސޯޓުގެ މޫދު ކޮޓަރިތަކުގައި އަލިފާން ރޯވިކަމަށާއި އަލިފާންގަނޑު ނިއްވާލެވިފައިވިއިރު، ކޮޓަރިތައް އެއްކޮށް ވަނީ އަނދާފައެވެ. 

އަޕްޑޭޓް: (00:41) އަލިފާންގަނޑު ރިސޯޓު ތެރެއަށް ފެތުރިފައިވާތީ އެއަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. 

އަޕްޑޭޓް: (00:43) މޫދު ކޮޓަރިތަކާއި ޖެޓީގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލެވިފައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ. 

އަޕްޑޭޓް: (00:45) މީހަކަށް ގެއްލުމެއް ލިބުންކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. 

އަޕްޑޭޓް: (00:52) އަލިފާން ފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މާލެއިން ދިޔަ ފަޔަރ ޓީމުގެ އެހީތެރިކަމާއެކު 70% ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އަދިވެސް އަލިފާންގަނޑު އެއްކޮށް ނިއްވާނުލެވޭ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. 

އަޕްޑޭޓް: (6:21) އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 5:00 ހާއިރެވެ. އަދި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)