އައިޔޫއެމްގެ ޗާންސެލާރ ކަމުގެ މަގާމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވައިފި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ޗާންސެލާރ ކަމުގެ މަގާމުން ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޑރ. ޝަހީމް އެމަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އެމަގާމުން އިސްތިއުފާ ދެއްވާނެކަން ކުރިން އިއުލާން ކުރެއްވުމަށްފަހުއެވެ.

އައިޔޫއެމް ގެ ޗާންސެލާރ ކަމުން ޑރ. ޝަހީމް އިސްތިއުފާ ދެއްވާފައިވާއިރު، އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަމުގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

އެމަނިކުފާނު ވަނީ އައިޔޫއެމް އެންމެ ފުރަތަމަ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާ ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ޑރ. ޝަހީމް ހުންނެވީ އެޔުނިވާސިޓީ ގެ ވައިސް ޗާންސެލާރ ގެ މަގާމުގައެވެ. އައިޔޫއެމްގެ ޗާންސެލާރ ކަމަށް އެމަނިކުފާނު އައްޔަނު ކުރެއްވީ 2016 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.

އައިޔޫއެމްގެ ޗާންސެލާރ ކަމުން  މިއަދު ޑރ. ޝަހީމް އިސްތިއުފާ ދެއްވާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މައިދާނުން ފެނިވަޑައިގަތުމާމެދު އަދި އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)