ގޮނޑިގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ކަށަވަރު ވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ، ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއެވެ. އެއެދުމުގެ މަތިން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ގައި އެކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ އެދުވަހުގެ ފަހުން މަޖިލީހުގެ އެއްވެސް މެމްބަރަކު އެމެމްބަރަކު އިންތިހާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެގެން އެކަން އީސީ އިން މަޖިލީހަށް އެންގުމާއެކު އެމެމްބަރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށެވެ.

އެގޮތުން މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އެއިރު ނިންމާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ، ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު، ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމް، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ޙުސެއިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު، ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުޙައްމަދެވެ.

ނަމަވެސް އެމެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލަ ވަކިވަކިން އަލުން ބެއްލެވުމަށްފަހު، އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.    


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)