އެމްޕީ އިލްހާމް، ސައުދުﷲ، ސިނާން، އަދި އަބްދުﷲ ގެ މެމްބަރުކަން ނުގެއްލޭ ކަމަށް ނިންމައިފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

އެގޮތުން ސުޕްރީމް ކޯޓުން މިއަދު، މެމްބަރުކަން ނުގެއްލޭކަމަށް ކަނޑައެޅީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑިއެވެ.

މިހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު، މަޖިލީހުގައި ގޮނޑި ގެއްލުނު ކަމަށް އީސީ އިން ނިންމި 12 މެމްބަރުންގެ ތެރެއިން އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިހާރު ވަނީ ނިމިފައެވެ.

މި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެއިރު ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އެއިރު އެމެމްބަރުން ސޮއި ކުރުމަށް ފަހުއެެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)