އިބޫ ހުވާ ކުރާ ދުވަހަކީ ނޮވެމްބަރ 17 ކަމަށް ކޮމިޓީއިން ހަމަޖައްސައިފި!

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހުވާ ކުރައްވާ ދުވަހަކީ މިފެށޭ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަސް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސް ކޮށްފިއެވެ.

ކޮމިޓީގައި ތިއްބެވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް، މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު، ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ހުވާކުރުމުގެ ޖަލްސާ 17 ނޮވެމްބަރުގައި ބޭއްވުމަށް ފާސްކުރީ އެކަމަށް އެކުލަވާލި ކޮމެޓީގައި ތިއްބެވި ހަތް މެމްބަރުންގެ އިއްތިފާޤުންނެވެ. މިކަމަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ދެވަނަ ޖަލްސާއެއް މިއަދު ހަވީރު 16:00 ގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.

ކޮމިޓީން މިގޮތަށް ނިންމާފައިވަނީ 17 ނޮވެމްބަރު 2013 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެރިކަމާއި ހަވާލުވެވަޑާއިގެންނެވި ހުވާގެ އިޤުރާރަށް ރިއާޔަތްކޮށް ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފިނަމަ ޒަމާނުންސުރެ ޖުމްހޫރީ ދުވަހު ބާއްވަމުން އައި ރަސްމިއްޔާތު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ބަދަލުވެ އެދުވަހުގެ މުހިންމުކަމުގެ ބޮޑުބައެއް އުނިވެގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)