ނޮވެމްބަރ 11 ގައި އިބޫ ހުވާ ކުރަން ފާހެއް ނުވި، މައްސަލަ ކޮމެޓީ އަށް!

އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހުވާ ކުރެއްވުމުގެ ޖަލްސާ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ހުށަހެޅި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުން ނޮވެމްބަރ 11 ގައި ބޭއްވުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި ހާޒިރުވީ މެމްބަރުންގެ ތެރެއިން 29 މެމްބަރަކު ނޭނެކޭ ބުނިއިރު، އެހުށަހެޅުން ފާސް ކުރުމަށް ވޯޓު ދީފައިވަނީ އަށް މެމްބަރުންނެވެ.

ހުވާ ކުރުމުގެ ދުވަސް ނޮވެމްބަރ 11 ގައި ބޭއްވުމަށް ހުށަހެޅި ހުށަހެޅުން ފާސް ނުވި ނަމަވެސް، ޕީޕީއެމްގެ ޕީޖީގެ ނައިބު ރިޔާޒް ރަޝީދު ހުށަހެޅުއްވި އެމައްސަލައަށް ވަކިން ކޮމިޓީއެއް އެކުލަވާލައި ކޮމިޓީއަށް މައްސަލަ ފޮނުވުމުގެ ހުށަހެޅުން 68 މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މިހުށަހެޅުމާއި ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ.


0% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)