ޚަރަދު ކުޑަ ގޮތަކަށް މޫނު އަލިކުރަން ބޭނުންނަމަ، ހައްލަކީ.... ކޮފީ!

ކޮފީއަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ގިނަ މީހުން ގަޔާވާ އެއްޗެކެވެ.

ދުވަހުގެ ފެށުން ކޮފީ ތައްޓަކުން ނުފަށާނަމަ، އެދުވަހެއް އެއްކޮށް އެމީހަކަށް ޚަރާބުވާ މީހުން ވެސް އުޅެއެވެ.

ކޮފީއަކީ ސިއްޙީ ގޮތުން ވެސް ހަށިގަނޑަށް ފައިދާ ހުރި އެއްޗަކަށް ވާއިރު، ކޮފީ ބުއިމުން އިންސާނާ ފިކުރުތަކާއި ދުރުވެ، ސިކުނޑި ތަނަވަސްވެ، އަދި ހިތުގެ އެކިއެކި މައްސަލަތައް ޖެހުމުން ވެސް ދުރުކޮށްދޭ ކަމަށް ސިއްޙަތާއި ބެހޭ މާހިރުން ބުނެފައިވެއެވެ.

ހަށިގަނޑަށް ފައިދާ ކުރުމުގެ އިތުރުން، ކޮފީއަކީ ހަންގަނޑަށް ވެސް ފައިދާ ހުރި އެއްޗެއްކަން ދިރާސާތަކުން ހާމަވެފައިވެއެވެ. ކޮފީއިން ހަންގަނޑު އަލިކޮށްދީ، އޮމާން ކޮށްދިނުމުގެ އިތުރުން ހަންގަނޑުގައި ހުންނަ ރީތައް ފިލުވާލަދޭ ކަމަށް އިންޓަނޭޝަނަލް ޖާނަލް އޮފް ޑަރމަޓޮލޮޖީ އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

ހަންގަނޑު ރީތިކުރުމަށް ކޮފީ ބޭނުން ކޮށްގެން ތައްޔާރު ކުރެވޭ ސްކްރަކީ ގޭގައޮ ވަރަށް ފަސޭހައިން ތައްޔާރު ކުރެވޭ، ގިނަ އެއްޗެއް ވެސް އެއަށް އަޅަން ނުޖެހޭ ސްކްރަބެކެވެ.
ފަސޭހައިން ގޭގައި ތައްޔާރު ކޮށްލެވޭނެ ދެ ސްކްރަބެއް:

• ކޮފީއާއި ކާށިތެޔޮ ސްކްރަބް


މިސްކްރަބް ތައްޔާރު ކުރަން ބޭނުން ކުރާނީ މުގުރާފަ ހުންނަ ކޮފީއެވެ. ދަޅުގައި ބަންދު ކޮށްފައި ހުންނަ ކޮފީވެސް ބޭނުން ކުރެވިދާނެއެވެ.
އެންމެ ފުރަތަމަ ދެ ސައިސަމުސާ ކޮފީ ކުޑަ ބޯތައްޓަކަށް އަޅާނީއެވެ. ދެން ދެ މޭޒުމަތީ ސަމުސާ ކާށިތެޔޮ (ބޮޑަށް ރަނގަޅުވާނީ އެކްސްޓްރާ ވަރޖިން ކާށިތެޔޮ) ކޮފީ އަޅާފައިހުރި ބޯތަށީ ތެރެއަށް އެޅުމަށްފަހު ޕޭސްޓަކަށް ވަންދެން ގިރާލާށެވެ.
ކޮފީއާއި ކާށިތެޔޮ ސްކްރަބް ތައްޔާރު ކުރެވުނީއެވެ.
މިސްކްރަބް މޫނުގައި އުނގުޅުމަށްފަހު 30-20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު މޫނު ދޮވެލާށެވެ.

• ކޮފީ އާއި ޔޯގަޓް ސްކްރަބް


ބޯތައްޓަކަށް އެއް މޭޒުމަތީ ސަމުސާ ކޮފީ އެޅުމަށްފަހު އެއްމޭޒުމަތީ ސަމުސާ އާދައިގެ ޔޯގަޓް އަޅާށެވެ. ޔޯގަޓް ކޮފީ ތައްޓަށް އެޅުމުގެ ކުރިން އޭގައި ހުންނަ ދިޔާ ފެންތައް އުކާލަން ވާނެއެވެ.
ކޮފީއާއި ޔޯގަޓު ރަނގަޅަށް ގިރާލުމަށްފަހު މޫނުގައި އުނގުޅާލާށެވެ.
މިސްކްރަބް ވެސް 30-20 މިނެޓު ވަންދެން މޫނުގައި އުނގުޅާފައި ބެހެއްޓުމަށްފަހު މޫނު ދޮވެލާށެވެ.


100% އުފާވި
0% ދެރަވި
0% ރުޅިއައި
0% މަޖާވި

މި ލިޔުމާ ގުޅުންހުރި އެހެން ލިޔުންތައް

ކޮމެންޓު (0)